ފަންނުގެދަރިން ފެސްޓިވަލް - ސަޕް މުބާރާތުގެ އެއްވަނައަށް ޝާފިއު

“ފަންނުގެދަރިން ފެސްޓިވަލް – ހުޅަނގު 2019” ގެ ނަމުގައި ތަފާތު ފަންނުވެރިންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދިޔަ ފެސްޓިވަލްގައި އިއްޔެ ބޭއްވުނު ސަޕް މުބާރާތުގެ އެއްވަނަ މުޙައްމަދު ޝާފިއު (ޝާ) ހޯދައިފިއެވެ.

އިއްޔެ މެންދުރުފަހު 02:00 ގައި ކުރިއަށްދިޔަ މިމުބާރާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ކުރީގެ މަޝްހޫރު ރާޅާ އެޅުންތެރިޔާ ޢަބްދުﷲ ސަލީމް (އުންޑަ) އާއި ހުޅުމާލޭ ޒެންއާރު ރެސްޓޯރެންޓްގެ ވެރިޔާ ނެހެރާޒްއެވެ.

އެއްވަނަ އަށް 10،000 ރުފިޔާ ހުށައެޅިފައިވާ މިމުބާރާތް ޖޯޝާއި ފޯރީގައި މިއަދު ނިންމާލާފައި ވާއިރު، ދެވަނަ، ތިންވަނަ އަދި ހަތަރުވަނައަށްވެސް ފައިސާގެ އިނާމެއްވަނީ ހުށައެޅިފައެވެ.

މިފަހަރުގެ “ފަންނުގެދަރިން” ގެ މަޤްޞަދަކީ ދިވެހި ފަންނާނުންގެ ހުނަރުތައް ވީހާވެސް ހިތްގައިމު ގޮތަކަށް، ގިނަ ބަޔަކަށް ދައްކާލާ އެ ފަރާތްތަކަށް ކުރިއަށްދާނެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

މިފެސްޓިވަލްގައި ތަފާތު ދާއިރާތަކުން 200 އަށްވުރެ ގިނަ ފަންނުވެރިން ބައިވެރިވެފައިވެއެވެ.

“ފަންނުގެދަރިން”ގެ 23 ހަރަކާތް ނުވަތަ ޝޯ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ބެލުންތެރިންނަށް ފެނިފައިވާއިރު، ހުޅުމާލެ “ރުއްގަނޑު-2”ސަރަޙައްދުން ކުރިއަށްދިޔައީ ކުރިން ބޭއްވުނު ހަރަކާތްތަކާއި މުޅިންތަފާތު ހަރަކާތެކެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ