ފާރެއްވެއްޓ،ި ދަތުރު ގޮސްއުޅުނު ބަޔަކަށް އަނިޔާވެއްޖެއެވެ.
އަނިޔާ ލިބިފައިވަނީ، 57 އަހަރުގެ އަންހެނަކަށާއި، 27 އަހަރުގެ ފިރިހެނަކަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ޅ.ދިއްފުށިމާދޫއަށް ދަތުރުގޮސް އުޅުނު ފިރިހެނަކާއި އަންހެނަކަށް އަނިޔާވެފައިވާތީ، އެމީހުން މިހާރު ވަނީ އަވަސް ފަރުވާއަށް އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ފަތިހު 05:19 ހާއިރުއެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ "ހާބަރކްރާފްޓް 116" ގައި 06:47 ހާއިރު އެ ސަރަހަހައްދަށް ގޮސް، މިއަދު 08:00 ހާއިރު އެ ހާދިސާގައި އަނިޔާލިބުނު އަވަސް ފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.




