ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ސަބްސިޑީ ދެނީ

އެމް.ޓީ.ސީ.ސީ އިން ކުރިޔަށްގެންދާ ދަތުރު ފަތުރުގެ ނިޒާމް ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށް ސަރުކާރުން އެކުންފުންޏަށް ޚާއްސަ ސަބްސިޑީއެއް ދިނުމަށް ނިންމާފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ސަރުކާރުން ސަބްސިޑީ ދޭން ނިންމާފައިވަނީ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ކަމަށާއި، ދަތުރުފަތުރުގެ ޚިދުމަތް އެކުންފުނިން ދެމުން އަންނަނީ ގެއްލުމުގައި ކަމަށްވާތީމަކަށެވެ.

މިކަމާއި ގުޅެ ގޮތުންމަޢުލޫމާތު ދިނުމަށް އެމްޓީސީސީގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ ޙަސަން ޝާހު ވިދާޅުވީ، ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ސަރުކާރުން އެކުންފުންޏަށް ސީދާ ޚާއްސަ ސަބްސިޑީއެއް ދިނުމަށް ނިންމާ އެކަން އެކުންފުންޏަށް އަންގާފައިވާކަމަށެވެ.

ދަތުރުފަތުރުގެ ޚިދުމަތުން ލިބޭ ގެއްލުމުގެ ބަދަލުގައި ފައިދާ ހޯދުމަށް މަސައްކަތްކުރާއިރު އެކަށީގެންވާނަމަ އާ ކުންފުންޏެއް ދަތުރުފަތުރަށް ޚާއްސަކޮށްގެން އުފެއްދުމަށްވެސް ސަރުކާރުން އެމްޓީސީސީއާއެކު މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށް ޝާހު ވަނީ ވިދާޅުވިއެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ބޮޑު ރޯލެއް އަދާކުރަމުން އަންނަ އެންމެ ގިނަ ދުވަސްވީ އެއްކުންފުނިކަމަށްވާއިރު އެކުންފުންޏަށް ލިބޭ ގެއްލުގެ އަސަރު ހިއްސާ ދާރުންނަށް ވެސް ކުރަމުން އަންނަކަން ވަނީ ފާހަކަ ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ