މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް، ޓުއުރިޒަމް މިނިސްޓަރ ފައިސަލް މަރުހަބާ ކިޔަނީ-- ފޮޓޯ: ޓުއުރިޒަމް މިނިސްޓްރީ

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފި

2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެންމެ ފުރަތަމަ ފަތުރުވެރިޔާއަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ޒުވާނެއް ކަމުގައިވާ ބެންޖަމިން ޑަންކަން އެވެ. އޭނާ އަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހޫނު މަރުޙަބާ އެއް ކިޔާފައި ވަނީ ޓުއުރިޒަމް މިނިސްޓަރ، ފައިސަލް އަހްމަދު އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އިސްވެރިންނެވެ.

މިނިސްޓަރ ފައިސަލް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ލިބުނު ފުރުސަތަކީ ބޮޑު ޝަރަފެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއީ ރަނގަޅު ފެށުމެއް ކަމަށާއި، މިއަހަރު ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އިތުރު މާކެޓްތައް ހޯދާނެ ކަމަށެވެ.

މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގައި ވަނީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފައިފައެވެ. އަދި އެ އެކަން ވަނީ ހާސިލުވެސް ވެފައެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، މިއަރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ