އިންތިޚާބެއްގައި ވޯޓު ގުނުމުގެ ތެރެއިން - ފޮޓޯ: ފެށުން

މަޖިލިސް އިންތިޚާބު ރަމަޟާން މަސްތެރޭގައި ބާއްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން އަންނަ ރަމަޟާން މަހުގެ ފުރަތަމަ 10 ގެ ތެރޭގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން (އީސީ) މިއަދު ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި ބޭއްވުމަށް އިދާރީ ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށެވެ.

"ތައުލީމާއި ބެހޭ ވުޒާރާއިން އިސްލާހުކޮށް އާއްމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އީދު ބަންދަށްފަހު ފެށޭ ހަފްތާއަކީ ސްކޫލްތަކުގެ އިމްތިހާނު ދުވަސްވަރަށްވާތީ ސްކޫލްތައް ލިބުން ދަތިވެ، ވޯޓުލާ މަރުކަޒުތައް ޤާއިމުކުރުމަށް އެކަށީގެންވާ ތަންތަން ނުލިބޭނެެ،" އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަނުން އިތުރަށް ވިދާޅުވީ، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްވަރަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ކަނޑައަޅުއްވާފައިވާތީ، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައ ދަތިތަކެއް ދިމާވާނެކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް މި ކޮމިޝަނުން މިހާރު ވަނީ ނިންމާފައި." އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ތެރޭގައި މިފަދަ ބޮޑެތި އިންތިޚާބުތައް ބޭއްވުމަކީ ފަހުގެ ތާރީޚްތަކުގެ އާއްމުކޮށް ކޮށްފަިއވާ ކަމެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ