މާލޭ ގެއެއްގެ 10 ވަނަ ފަންގފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން މި އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަލިފާން ރޯވެފައިވަނީ މާފަންނު ގެއެއްގެ 10 ވަނަ ފަންގިފިލާގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެއްގައިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާންގަނޑު ވަރަށް ބޮޑުތަނުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު ލިބިފައި ނުވާކަމަށެވެ.
(ތަފްސީލު އަންނަނީ)



