ޕީޕީއެމް އިން ހުޅުމާލޭގައި ބޭއްވި ހިނހގާލުމެއްގެ ތެރެއިން - ފޮޓޯ: ވިސާމް

ޕީޕީއެމް އުވާލުމުގެ މަސައްކަތް އިލެކްޝަނުން ފަށައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ޕީޕީއެމްގ ެއަސާސީ ގަވާއިދުގެ 61 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޕާޓީ އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމާފައިވާތީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ޕީޕީއެމްގެ ނަމުގައި ސިޔާސީ ހަރަކާތްތައް ނުހިންގުމަށް އިލެކްޝަނުން ވަނީ އެދިވަޑައިގެންފައެވެ.

"[ޕާޓީގެ [ޕީޕީއެމް] ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުމާއި، ޕާޓީ އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުޢާމަލާތްތައް ފިޔަވައި އިތުރު އެއްވެސް މުޢާމަލާތެއް ކުރުމުގެ އިޚްތިޔާރު އެ ޕާޓީއަށް ލިބިގެން ނުވާކަމުގައި ދެންނެވިން." އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަނުން އިތުރަށް ވިދާޅުވީ، ޕީޕީއެމްއާއި ގުޅިގެން ނިންމަންޖެހޭ އެއްވެސް ކަމެއްވާނަމަ، އުވާލުމުގެ މަރުޙަލާ ނިމުމުގެ ކުރިން އެ ޕާޓީއާ ގުޅިގެން ކުރިއަށް ގެންދެވުން އެދޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ