ސަރުކާރަށް ދަރާފައިވާ ކުންފުނިތަކަށް އިތުރު މަޝްރޫއުތައް ދެން ނުދޭން އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބޮޑެތި އަދަދުތައް ދައްކަންހުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށްނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފާސްކުރުމަށް ހުށަހެޅުނު ކަންކަމުގެ ތެރެއިންނެވެ.
އެޗްޑީސީ އަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މީގެ ތެރޭގައި ހިމެނެނީ އަމިއްލަ ފަރާތްތަކުން އެޗްޑީސީއަށް ދޭންޖެހޭ 1.2 ބިލިއަން ރުފިޔާ އާއި ސަރުކާރުގެ އެކި މުއައްސަސާތަކުން ދޭންޖެހޭ 54.5 ބިލިއަން ރުފިޔާއެވެ.
މާލިއްޔަތު ކޮމިޓީން ވަނީ އެޗްޑީސީއަށް ފައިސާ ހޯދުމަށް 7 ކަމެއް ހުށަހަޅާފައެވެ. އެދި އެކަންކަން ވަނީ މިއަދުގެ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުުން ފާސްކޮށްފައެވެ.
ފާސްކުރި ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ:-
- ބިޑަކަށް ކުރިމަތިލާ ފަރާތަކުން އެޗްޑީސީއަށް ފައިސާ ދައްކަން ޖެހޭތޯ ބެލުމަށްފަހު ނޫނީ އިތުރު މަޝްރޫޢުއެއް ހަވާލުނުކުރުން
- ކުންފުނިތަކުން ދޭންޖެހޭ ފައިސާ ހޯދުމަށް މައާފްދިނުމުގެ އުސޫލެއް އެކުލަވާލައި، 30 ދުވަހުގެ ތެރޭގައި އެކަން އެންގުން
- ސަރުކާރުން މަޝްރޫޢުއެއް ހަވާލުކުރާ ކުންފުންޏަކީ، ސަރުކާރަށްދަރާފައި އޮތް ކުންފުންޏެއްތޯ ބެލުން
- ސަރުކާރުން ލިބެންޖެހޭ ފައިސާ އާއި ސަރުކާރުން ދޭންޖެހޭ ފައިސާ އޮފްސެޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރަން ފިނޭންސަށް އެންގުން
މީގެ އިތުރުން އިޖުތިމާއީ ޒިއްމާގެ ދަށުން ހިންގާ ކަންކަން ވީހާވެސް ދެފުށްފެންނަ ނިޒާމަކުން ކުރިއަށްގެންދިއުމަށް އެޗްޑީސީއަށް އެންގުންވެސް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު އެކަންކަން ފާސްކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.



