ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީއިން ގއ.އަތޮޅު ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުމަށް ތައްޔާރުވެއްޖެ

އެމްޓީސީސީއިން ގއ.އަތޮޅު ސްކޫލްގެ މަލްޓީ ޕާޕަސް ހޯލް އިމާރާތްކުރުމަށް ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ވަނީ ނުފެށި ނުވަތަ ހުއްޓިފައި ކަމަށެވެ.

އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި، ޚާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކުގެ މަސައްކަތް ނިންމުމުށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައިވާކަމަށެވެ.

އެގޮތުން 1,850 މީހުންގެ އާބާދީއެއް ދިރިއުޅޭ ގއ. ކޮލަމާފުށީގައި ހުންނަ ގއ. އަތޮޅު ސްކޫލްގައި 8,637 އަކަފޫޓުގެ 2 ފަންގިފިލާ ހިމެނޭ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ނިމުމުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ގއ. އަތޮޅު ސްކޫލްގެ މެނޭޖްމަންޓަށާއި ތައުލީމު އުނގެނޭ ދަރިވަރުންނާއި އަދި ކިޔަވައިދެއްވަމުން ގެންދަވާ މުދައްރިސުންނަށް ލިބިގެންދާނެ ކަމަށް އެކުންފުނިން ޤަބޫލުކުރާ ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރ އުތަކެއް ކާމިޔާބުކަމާއެކު ނިންމައިފައި ކަމަށް އެމްޓީސީސީއިން ބުނެއެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވ.ެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައި ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ