މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަ ހައްލުކުރުމަށް ޖަމިއްޔާތަކާ މަޝްވަރާކޮށްފި

މާލޭގެ އެކި މަގުތަކާއި އެކި ސަރަހައްދުތަކަށް ވީއްލިގެން އުޅޭ ބުޅާ ތަކުގެ މައްސަލަ ހައްލުކުރުމަށް އަމިއްލަ ޖަމިއްޔާތަކާއި ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާާރާއިން މަޝްވަރާކޮށްފިއެވެ.

އެވުޒާރާއިން ބުނެފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ވީއްލިގެން އުޅެމުންދާ ބުޅާތަކުގެ މައްސަލަ ހައްލުކުރުމާއި, ބުޅަލުގެ ނަޖިސް ގިނަވެ އާންމު އުނދަގުލަކަށް ވެފައިވުމުން އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން އެކަމާއި ގުޅުންހުރި ޖަމިއްޔާތަކާއި އެކު އެ ވުޒާރާއިން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި "އޮޅުހިޔާ" އިތުރަށް ތަރައްޤިކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައްވެސް ޖަމިއްޔާތަކާއި ހިއްސާކުރެވިފައިވާނެ ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި މި ވުޒާރާގެ ކަމާ ގުޅުހުންހުރި ބޭފުޅުންނާ ސްޓޭޓް މިނިސްޓަރުން ބައިވެވަޑައިގެންނެވިއެވެ.

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ