ށ. ނަރުދޫގައި ގްރީން ހައުސް ފަންނީ ތަމްރީންތައް ކުރިއަށް ގެންގޮސްފިި

މޯލްޑިވްސް އެގްރިބިޒްނެސް ޕްރޮގްރާމް (މެޕް) އިން ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ނަރުދޫގައި ގްރީން ހައުސް ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި މިރުސް އިންދުމުގެ އަމަލީ މަސައްކަތުގެ އިތުރުން ނަޒަރިއްޔާތު ކްލާސްތައްވެސް ހިމެނިފައިވެއެވެ. މިއީ ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ތަމްރީނުތަކުގެ ތެރެއިން ބައެކެވެ.

މެޕްގެ މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ސިނާއަތަށް އައު އީޖާދުތައް ރާއްޖެއަށް ތަޢާރަފްކުރުމާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާނެ ގޮތްތައް ދިވެހި ދަނޑުވެރިންނަށް ދަސްކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން، ދަނޑުވެރިކަމުން ނަފާ ހޯދާނެ ގޮތްތަކުގެ ތަމްރީނު ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މެޕްއިން ކުރިޔަށް ގެންދެއެވެ. މިފަދަ ތަމްރީނު ޕްރޮގްރާމްތަކަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ބެލެވެއެވެ.

މެޕްގެ މި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ޒަމާނީ ކުރުމަށާއި، ދަނޑުވެރިންގެ އުފެއްދުންތެރިކަން އިތުރުކޮށް، އާމްދަނީ އިތުރުކުރުމަށް އެހީތެރިވެދޭނެ މުހިންމު މަސައްކަތްތަކެއް ކަމުގައި ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ