ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޖެނެރޭޝަނަލް ބޭން އަށް ޑަބްލިޔުއެޗްއޯގެ ތަޢުރީފް

ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުރު ކުރުވަން ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުއްވުމުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ތަޢުރީފު ކުރައްވައިފިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ މިފިޔަވަޅަކީ ރައީސް މުޢިއްޒުގެ ސަރުކާރުން އެޅުއްވި ހިތްވަރުގަދަ މުހިއްމު ފިޔަވަޅެއްކަމަށެވެ.ޑަބްލިޔުއެޗްއިން މިހެން ބުނީ 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެނެވެ.

ދުންފަތާ ދުރުހެލި ކުރުވަން ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުއްވުމަށް ޤާނޫނަށް ގެންނެވި އިސްލާހާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖުގައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަށް މަރުހަބާ ދަންނަވާފައެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަންވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައިވެއެވެ.

ޑަބްލިޔުއެޗްއޯއިން ފާހަގަކުރައްވާ ގޮތުގައި ރާއްޖެއިން އެޅި ފިޔަވަޅަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުޅަހެޔޮ މުސްތަގުބަލަކަށް ސަރަހައްދީގޮތުން ކުރާ މަސައްކަތަށް އެޅުނު ބާރެކެވެ.

ދުންފަތާ ދުރުހެލި ކުރުވަން ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުމާއި ގުޅޭ ޤާނޫނީ އިޖުރާއާތުތައް ރާއްޖެއިން ފުރިހަމަކޮށްފައިވާއިރު، ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާފައިވަނީ އެކަމާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރިއަށްގެންދެވި ޕޯލެއްގެ ނަތީޖާއަށް ބެއްލެވުމަށްފަހުއެވެ.

މި ތާރީޚީ ޕޯލަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ. މި ޕޯލްގައި 5000 އަށްވުރެ ގިނަ މީހުން ބައިވެރިވެ، އެމީހުންގެ ހިޔާލު ވަނީ ރައީސަށް ހުށަހަޅުއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ