މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް، މިސްފީ އިފްްތިތާޙް ކޮށްފިއެވެ.

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް، މިސްފީ އަކީ މެލޭޝިއާގެ ބޭންކް އިސްލާމްގެ ޞަދަޤާ ހައުސްގެ މައްޗަށް ޔުނިވަރސިޓީ އޮފް ސެލެންގޯއާއި ގުޅިގެން ކުރެވުނު ދިރާސާތަކަށްފަހު ފަށާ މަޝްރޫޢެކެވެ.

މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ)ގެ ނަމުގައި އެ މަޝްރޫއެއް ފައްޓާފައިވަނީ މިއަދު ހެނދުނު ކުރުނބާ ރިސޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މަޝްރޫއު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެ މަޝްރޫގައި ބީއެމްއެލްއާއި އެމްއައިބީން ބައިވެރިވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލްއިން ކުރިއަށް އޮތް ތިން އަހަރު، މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 200 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކުރާނެ ކަމަށާއި އެމްއައިބީން 30 މިލިއަން އަދި އެ އޮތޯރިޓީއިން 20 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކުރާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ