އެލްޖީއޭގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑު ދީފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑު ދީފިއެވެ.

އެލްޖީއޭއިން އެވޯޑް ދިނީ 2023 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ހާސިލްކުރި މުވައްޒަފުންނަށެވެ. މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މެއި 16 ވީ ހުކުރު ދުވަހުގެ ރޭ މާގިރި ހޮޓަލްގައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސް، މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރެވެ.

މި ހަފްލާގައި އެވޯޑް ހާސިލްކުރެއްވި މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވީ މިނިސްޓަރު އާދަމް ޝަރީފުގެ އިތުރުން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ނިމާލެވެ.

މި ރަސްމިއްޔާތުގައި ހަތަރު ކެޓަގަރީއަކުން ޖުމްލަ 8 އެވޯޑް ވަނީ ދީފައެވެ. 2023 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ހާސިލްކުރި ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއްވެސް ވަނީ ދީފައެވެ. މި ހަދިޔާތައް ސްޕޮންސާކުރީ އުރީދޫ މޯލްޑިވްސް، ނައިޑް ލިވިން އަދި ޖިމް އެކްސް ގެ ފަރާތުންނެވެ.

2023 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ހާސިލްކުރި މުވައްޒަފުން:

އެމްޕްލޯއީ އޮފް ދަ އިޔާ: ޝިފާ އަލީ މުރުތަޟާ - އެޑްވޮކޭޓާ

ގޯލްޑް ޕާފޯމާސް:

މަރިޔަމް ފިތުރާ ފަޟީލް – އެޑްމިނިސްޓްރޭޓިވް އޮފިސާ
ޝައުފާ ރަޝާދު – ސީނިއާ ފައިނޭންސް އޮފިސާ
ހަސަން އިސްމާއީލް – ސީނިއާ ސިސްޓަމް އެނަލިސްޓް

ސިލްވާ ޕާފޯމާސް:

މަލްދާ ހަމީދު – ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސާ
ޝަފާހު ދާއޫދު – ސީނިއާ ޕްރޮކިއުމަންޓް އޮފިސާ
އަހްމަދު ވިސާމް – އެޑްވޮކޭޓަ، ޕަބްލިކް ފައިނޭންސް
ޕާފެކެޓް އެޓެންޑެންސް: ޝިފާ އަލީ މުރުތަޟާ – އެޑްވޮކޭޓަ

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ އެމްޕްލޯއީ ޕާފޯމެންސް އެވޯޑަކީ 2016 ވަނަ އަހަރު އެ އޮތޯރިޓީއަށް ތައާރަފްކުރެވި މުވައްޒަފުންނަށް ދޭން ފަށާފައިވާ އެވޯޑެކެވެ. މިއެވޯޑަކީ އޮތޯރިޓީގެ މުވައްޒަފުން މަސައްކަތްތަކަށް ޝައުގުވެރިކުރުވުމާއި، ގިނަދުވަހު އޮތޯރިޓީގެ ވަޒީފާގައި ދެމެހެއްޓުމާއި، މަސައްކަތުގެ ފެންވަރާއި މަސައްކަތުގެ ހަލުވިމިން ކުރިއެރުވުމާއި، ރަނގަޅު އަޚުލާގެއްގެ މަތީ ދެމިތިބުމަށް މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ މަގްސަދުގައިދޭ އެވޯޑެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ