މުއިއްޒު ބަލިކޮށް އެލްޖީއޭގެ ބޯޑަަށް މޭޔަރު ރަފީޤް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ސިޓީ ކައުންސިލްތަކުން ހޮވާ ގޮނޑިއަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް އިންތިހާބުވެއްޖެއެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 އިން 11:00 އަށެވެ.

އެލްޖީއޭގެ ގޮނޑި މޭޔަރު އިސްމާއިލް ރަފީގް ކާމިޔާބު ކޮށްފައިވަނީ، މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއާއި ވާދަކޮށެވެ. ރަފީގަށް 24 ވޯޓު ލިބިފައިވާއިރު މުއިއްޒުއަށް ލިބިފައިވަނީ 21 ވޯޓެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ މަޤާމަށް 7 ކެނޑިޑޭޓަކު ވާދަކުރައްވާފައިވެއެވެ. ނަމަވެސް ނަމަވެސް މި ނަތިޖާ އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރައްވައެވެ.

ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރޭގައި، ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، ޢަބްދުﷲ ޒާމިރުއާއި، ގއ. ދާންދޫ ކައުންސިލްގެ މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، އަޙްމަދު އިބްރާހީމްއާއި، ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުވި ޙުސައިން ޔާމީން މުޙައްމަދުއާއި، ފ. މަގޫދޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، ޢަބްދުﷲ ވަޙީދުއާއި، އއ. ތޮއްޑޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، އަޙްމަދު ކަރަމް ގެ އިތުރުން ހއ. ފިއްލަދޫ ކައުންސިލްގެ މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި މުޙައްމަދު ރަޒީފްއާއި ހދ. ނެއްލައިދޫ ކައުންސިލްގެ މެންބަރުކަމަށް އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މުޙައްމަދު އިލްހާމް ހިމެނެއެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އަތޮޅު ކައުންސިލުގެ ރައީސުން ތަމްސީލު ކުރާ މެންބަރެއްގެ ގޮތުގައި ކ. އަތޮޅު ކައުންސިލްގެ ރައީސް އަދި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލް ވަނީ އިންތިޚާބަކާ ނުލައި ގޮނޑިއަށް ހޮވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ