އިޔާދަކުރަނިވި ހަކަތައިން ހިންގާ، ސިޓީއެއް އުފެއްދެވުމުގެ ޚިޔާލު ރައީސް ހުށަހަޅުއްވައިފި

އިޔާދަކުރަނިވި ހަކަތައިން ހިންގާ، ސިޓީއެއް އުފެއްދެވުމުގެ ޚިޔާލު ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރު ސޫ ކޮކް ލެންގ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި މަތީ ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ވިޔަފާރިއާއި، އިޤްތިޞާދާއި، ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރުދެއްވައި، އަދި ބޯހިޔާވަހިކަމުގެ ސިނާޢަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އިޔާދަކުރަނިވި ހަކަތައިން ހިންގާ، ތިމާވެއްޓާ ރައްޓެހި ސިޓީއެއް އުފެއްދެވުމުގެ ޚިޔާލު ސިންގަޕޫރުގެ ސަފީރަށް ހުށަހަޅުއްވާފައެވެ.

މި ބައްދަލުވުން ނިމިގެން ދިޔައީ ދެ ގައުމުގެ ސިޔާސީ ގުޅުންތައް ހަރުދަނާކުރުމާއި، ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އިސްތިރާޖީ އެއްބާރުލުން އިތުރުކޮށް، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެފަރާތުން ދެއްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ