ގުޅީ ފަޅުން ދޫކުރި ގޯތި ތަކުގެ ތަން ބަދަލުވުމާއި ގުޅިގެން އައު ރެޖިސްޓްރީ ދޫކުރަން ހުޅުވާލައިފި

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވެ، ގޯތި ދިން ތަން ބަދަލުވުމާ ގުޅިގެން އައު އެއްބަސްވުމާއި ރަޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމެންޓަށް އެދުމުގެ ފުރުޞަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ވަނީ ހުޅުވާލައިފައެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިމަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ދޫކުރަން ފަށާނެއެވެ. އެޕޮއިންޓްމެންޓަށް އެދެންވާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން، އެ ވުޒާރާއިން ވިދާޅުވީ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓު ފަހުން ޙާޟިރުވާ ފަރާތްތަކާއި، ލިޔެކިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ އެޕޮއިންޓްމެންޓް އެ ދުވަހަކަށް ކެންސަލްވާނެ ކަމަށެވެ. އެޕޮއިންޓްމެންޓް ހަމަޖެހުމުން، ދުވަހާއި ގަޑިއާއި ތަން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަންގާނެއެވެ.

މި ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، ކުރީގެ ސަރުކާރުން އެކުލަވާލި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި އޮތީ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ނެތި، އަދި ނުހިންކާ އޮތް ސަރަޙައްދުތަކުންވެސް ގޯތި ކުރަހާފައިވާ ކަމަށެވެ. މިހާތަނަށް ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ތިން ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ