ގުޅީފަޅު

ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި

ނިމިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ފަށައިފައިވާ ކ. ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އަމުރެއްނެރެފިއެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ތިމާވެށި އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

ހައި ކޯޓުން އަމުރު ނެރެފައި ވަނީ، ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ނުފެންނަ ކަމަށް ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ކުރި ހުކުމުގައި އަމުރު ކޮށްފައިވަނީ ސިވިލް ކޯޓުން މައްސަލަ ނިމެންދެން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ