ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު، މެޖިސްޓްރޭޓް ކަމުން ވަކިކޮށްދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށެވެ.
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ދުރުކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ މިމަހުގެ 12 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ. އެ ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެން، އެ ނިިންމުން ނިންމާފައިވަނީ އެ ކޮމިޝަނުގެ އިއްތިފާޤުންނެވެ.
އޭނާ މަގާމުން ވަކިކުރަން ނިންމީ ބަދުއަހުލާގީ މައްސަލައެއްގައި ކަމަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކެއްވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދަނީ ބަލަމުންނެވެ.



