ތިލަފުށީގައި ތަރައްޤީކުރާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލު މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށީގައި ތަރައްޤީކުރަމުންދާ މި ކޮންޓެއިނަރ ޑެޕޯއަކީ 2000 ކޮންޓެއިނަރުގެ ޖާގަ އޮންނާނެ ތަނެކެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ކީ ވޯލްގެ ކޮންކްރީޓް ބްލޮކްތަކުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ކީ ވޯލްގެ ކޮންކްރީޓް ކެޕިންގެ މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 60 މީޓަރުގެ އެތެރެ ތޮށްޓަކާއި 15 މީޓަރުގެ އިތުރު ތޮށްޓެއް ލުމުގެ މަސައްކަތުގެ އިތުރުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތްތައް ނިމުމުން، އެމްޕީއެލްއިން އެތަނުގައި ވޯކްޝޮޕަކާއި އޮފީސް އިމާރާތެއްގެ އިތުރުން ލައިޓް ޕޯސްޓްތައް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މި މަޝްރޫޢަކީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. އެމްޕީއެލްއިން ފާހަގަކުރައްވާ ގޮތުގައި މި މަޝްރޫޢުގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން، މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބި، މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ފަސޭހަވެގެންދާނެއެވެ.
އެކި މަރުހަލާތަކަށް ބަހާލައިގެން ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޕޯޓުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް އެމްޕީއެލްއިން ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ނޯތު ހާބަރާއި ޓީ-ޖެޓީވެސް އެ ސަރަހައްދަށް




