ދެ ކޮމިޝަނަށް ބާރުލިބޭ ބިލް ރައީސް ތަސްދީޤު ކުރައްވައިފި

ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ. އެއާއެކު ރައީސް ޞޯލިޙް އެކުލަވާލެއްވި ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ލިބިގެންދިޔައީއެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

މިބިލު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްުރެއްވިއިރު، 18 ވަނަ ރައްޔިތުންގެ މަޖހިލީހުން އެ ބިލު ފާސްނުކުރީ ޤާނޫނު އަސާސީއާ ޚިލާފުކަމަސްބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ