ރައްޔިތުން މަޖިލީހުގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އަލްފާޟިލް އަޙްމަދު މާން އައްސަދު މިއަދު ހަމަޖައްސަވައިފި އެވެ.
އަޙުމަދު މާން މީގެ ކުރިން ހުންނެވީ ރައްޔިތުން މަޖިލީހުގެ ސީނިއަރ މީޑިއާ އޮފިސަރުގެ މަގާމުގަ އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ)ގެ ދަށުން އައްޔަންކުރަންޖެހޭ، ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް މިއަދުން ފެށިގެން ސީނިއަރ މީޑިއާ އޮފިސަރ އަލްފާޟިލް އަޙްމަދު މާން އައްސަދު ހަމަޖައްސަވައިފި ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ރައްޔިތުންނަށް މައުލޫމާތު ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލާނެ އިންފޮމޭޝަން އޮފިސަރެއް ނުވަތަ އިންފޮމޭޝަން އޮފިސަރުން ދައުލަތުގެ ކޮންމެ އިދާރާއެއްގައި އެ އިދާރާގެ އެންމެ އިސްވެރިޔާ ކަނޑައަޅަންޖެހޭ ކަމަށް ބުނެފައިވެ އެވެ.
މިދައުރުގެ ރައްޔިތުންގެ މަޖިލިސް ފާހަގަ ވެގެންދަނީ މީޑިއާ އާއި ވަރަށް ރައްޓެހި މަޖިލީހެއްގެ ގޮތުގައެވެ. މިގޮތުން މަޖިލީހުގެ ކޮމެޓީ ބައްދަލުވުންތައްވެސް ލައިވްކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.



