އައްޑޫ ސިޓީއިން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އެއް އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ދިރިއުޅެން ނުފަށާނަމަ އެގޯތިތައް ނެގުމަށް އަޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިގޮތަށް ނިންމައިފައިވާއިރު މިފަދަ ގޯތިތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫވެ މިކަމުގެ ޝަކުވާ އައްޑޫ ސިޓީ ކައުންސިލުންވަނީ ފުލުހުންނަށްވެސް ހުށަހަޅައިފައެވެ.
ސިޓީ ކައުންސިލުން ނިންމައިފައިވަނީ، ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ފަސް އަހަރުވީއިރު ވެސް ދިރިއުޅެން ނުފަށާ ގޯތިތައް ސާފް ކުރަން 30 ދުވަހުގެ މުހުލަތެއް ދޭގޮތަށެވެ. ސާފުކުރަން ދޭ މުހުލަތަށްފަހު ހަމަސްދުވަހުގެ ތެރޭގައި މިގޯތި ތަކުގައި އިމާރާތްކޮށް ދިރިއުޅެން ނުފަށާ ނަމަ މިގޯތިތައް ގޯތިތަކުގެ ވެރިފަރާތްތަކުގެ އަތުން ނަގާ ގޮތަށެވެ.
އައްޑޫ ސިޓީގައި ދިރިއުޅެން ނުފަށާ ގޯތިތައް ގިނަވުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ.





5 Responses
Mohonah odidhinhen goathi dhinee.heubintha
Baaru libuneema mi council beyfulhunnah kuran engeyhaaves kamakee meehunah dheefaivaa goathithah negumuge masahkah!bala aamdhanee libeyne vaselahthah nethumaaivazeefaage beynumuga rashun beyrugai ulhenjehuneema vaagoiy thee. Goahi dhin irves maguthahadhaa invakikoh nudhinun e eeves mahsalathah..goachaai kulhun noon ehen kulhivareh dhaskohbala!!!
eba rangalhuvey…mifahar council emmen musandhivaane.
gethah elheyne haaleh nei baaka ge elheynethoo
1 aharu dhuvahakee varah kuru
muhdhatheh
ލާރި ހޯދާއްވެގެން ޖައްސާ ގޭމް. 5 އަހަރަ ވީކޯ ގޭނިއެޑެނެއި ކިޔަންވެގެންތޯ ބަލަފެލެ ފެރެތުމާކަށް!