ތްރީއޭ ކުންފުނިން މީރާއަށް 43.4 މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި

ތްރީ އޭ ޓްރޭޑިންގ ކޮމްޕެނީން މީރާއަށް 43.4 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

ސިވިލް ކޯޓުގެ ޙުކުމުގައި ވަނީ ޓީޖީއެސްޓީ އަދި އެއާ ގުޅޭ ޖޫރިމަނާގެ ގޮތުގައި ތްރީ އޭ ކުންފުނިން މީރާއަށް 1.8 މިލިއަން ޑޮލަރު ނުވަތަ 28.6 މިލިއަން ރުފިޔާ ދައްކަންޖެހޭކަން ސާބިތުވާކަމަށެވެ. އަދި ގްރީން ޓެކްސްއާ އެއާ ގުޅޭ ޖޫރިމަނާގެ ގޮތުގައި ނުވަ ލައްކަ ފަންސާސް ނުވަ ހާސް ސަތަރު ސަތޭކަ ފަންސާސް ހަތަރު ޑޮލަރު ނުވަތަ 14.7 މިލިއަން ރުފިޔާ މީރާއަށް ދައްކަންޖެހޭކަން ސާބިތުވާކަމަށްވެސް ސިވިލް ކޯޓުން ބުނެއެވެ.

އަދި މި ފައިސާ އަރަމުންދާ ޖޫރިމަނާއާއެކު މިއަދުން ފެށިގެން 5 މަސް ދުވަހުގެ ތެރޭގައި ދައްކާ ޙަލާސްކުރަންޖެހޭކަމަށްވެސް ސިވިލް ކޯޓުގެ ޙުކުމުގައި ވެއެވެ.

ފައިސާގެ މައްސަލަތަކުގައި ލައިންސަންސް ބާތިލްކޮށްފައިވާ ހަ ރިސޯޓަކަށް އަލުން ލައިސަންސް ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމި އިރު އޭގެ ތެރޭގައި ތްރީއޭ ކުންފުނީގެ ތިން ރިސޯޓެއް ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ