ދިވެހިރާއްޖޭގެ ސިޕްރީމްކޯޓުގެ 2019 ވަނަ އަހަރުގެ 02 ނަންބަރު އަދި 03 ނަންބަރު އަމުރާއި ގުޅިގެން، ސުޕްރީމްކޯޓުގެ ފަނޑިޔާރުން ހިންގި ޤާނޫނުއަސާސީއާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބާރުކަނޑުވާލި މައްސަލަ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލައި ގޮތެއް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ފޮނުވައި ދިނުމަށް ހުށައެޅި މައްސަލާގައި މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ގޮތެއް ނިންމައިފިއެވެ.
މިއަދު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 38 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ބޭރުގެ ފަންނީ މާހިރުންގެ ލަފާހޯއްދަވައިގެން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބާރުތަކުގެ ތެރެއަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މިހާތަނަށް ވަދެފައިވޭތޯ ނުވަތަ ނޫންތޯ އަދި އެނޫން ދައުލަތުގެ މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށްވެސް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ވަދެފައިވޭތޯ ނުވަތަ ނޫންތޯ ދެނެގަތުމަށް، ބޮޑު އިސްކަމެއް ދީގެން ވަރަށް އަވަހަށް ދިރާސާއެއް ހެދުމަށެވެ.



