19 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރައްވަނީ - ފޮޓޯ: މަޖިލިސް

އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭ އެންޓި ޑިފެކްޝަން ބިލު ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނައިފި އެވެ.

ކުރީގެ ރައީސް ޔާމިނުގެ ރިޔާސީ ދައުރުގެ ފަހުދުވަސްކޮޅުގެ ތެރޭގައިވެސް އެންޓި ޑިފެކްޝަން ބިލެއްވަނީ ފާސްކޮށްފައެވެ. އަދި މި ބިލާއެކު އެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައި ވާކަމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވެއެވެ. ނަމަވެސް ފަހުން މި ބިލުވަނީ އުވާލަން ފާސްކޮށްފައެވެ.

މިދައުރުގެ މަޖިލީހުގެ ތަނަވަސް އަޤްލަބިއްޔަތެއް އެމްޑީޕީ ހޯދުމާއި ގުޅިގެން އެންޓި ޑިފެކްޝަން ބިލު އަލުން މަޖިލީހުން ފާސްކުރާނެ ކަމަށް އޭރުވެސް ވާހަކަ ދެކެވިފައި ވެއެވެ. އެންޓި ޑިފެކްޝަން ބިލަކީ މެންބަރުން އިންތިހާބުވާ ޕާޓީ ދޫކޮށް ނުދެވޭނެ ގޮތް ހެދުމަށް ބަރުލަމާނީ ނިޒާމް އޮންނަ ގައުމުތަކުގެ ގާނޫނުގައި ހިމެނިފައިވާ މުހިންމު ސިފައެކެވެ.

2018 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ގޮތުގައި ކަނޑައެޅިފައިވާ ކަންކަމާއި، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ބިލުތަކުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޙިއްޞާކުރައްވައިފައި ވާކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ ފަސް އަހަރުދުވަހުގެ ތެރޭގައި 22 ދާއިރާއަކުން 201 ބިލު އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމައިފިއެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ