މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އެ ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފިއެވެ.
މިއަދު އެކޯޕަރޭޝަނުން ކޮށްފައިވަ އިޢުލާނުގައި ބުނެފައިވަނީ، 23 ޖޫން 2019 ގައި ފުރަތަމަ ފަހަރަށް ކުރި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަށް ބޭފުޅުން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު މިއަދު ހުޅުވާލާކަމަށެވެ.
މި މަސައްކަތްކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ޖުލައި 3 ވާ ބުދު ދުވަހުގެ ހެނދުނު 10:00 އަށް، ބޮޑުތަކުރުފާނު މަގުގައި ހުންނަ އެކޯޕަރޭޝަނަށް (ހ. ޒޮނޭރިއާ، ދެވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖުލައި 10 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް އިޢުލާނުގައި ބުނެފައިވެއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ވަނީ ނިމި ދިޔަ ސަރުކާރުގެ ނައިބުރައީސް އަޙްމަދު އަދީބާއި ސަރުކާރުގެ ގިނަ އިސްވެރިންނާއި ގުޅުންހުރި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެއެވެ.



