އައްޑޫ އާ ހޮސްޕިޓަލަށް ބޭނުންވާ އޮފީސް ފަރުނީޗަރާއި އެކްސެސަރީޒް ސަޕްލައި ކޮށްދިނުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

ސ. ހިތަދޫ ރީޖަނަލް ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ އޮފީސް ފަރުނީޗަރާއި އެކްސެސަރީޒް ސަޕްލައި ކޮށްދިނުމުގެ މަޝްރޫޢުގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު މަޢުލޫމާތު ދިންގޮތުގައި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ އޮފީސް ފަރުނީޗަރާއި އެކްސެސަރީޒް ސަޕްލައި ކޮށްދީ، އިންސްޓޯލްކޮށް އަދި ކަމިޝަން ކުރުމާއި މިތަކެރި ބޭނުން ކުރުމަށް ތަނުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުދީ އަހުލުވެރިކޮށްދިނުމަށް އަލްކޭ-ތުރްމަކްސް ޖޮއިންޓް ވެންޗަރ ޕްރައިވެޓް ލިމިޓެޑާއި އެކު މިއަދު އެއްބަސް ވުމުގައި ވަނީ ސޮއިކޮށްފައެވެ.

މި މަޝްރޫޢުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު ޝާނާ ފާރޫޤްއެވެ. އަދި އަލްކޭ-ތުރްމަކްސް ޖޮއިންޓް ވެންޗަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮއި ކުރެއްވީ އެކުންފުނީގެ ޓެކްނިކަލް އޮފީހުގެ ޗީފް ބެރިސްކަން ގޮގެބަކަން އެވެ.

45 ދުވަހާއި 65 ދުވަހާއި ދެމެދުގެ މިމަޝްރޫޢުގެ އަގަކީ 1،007،000.00 ޔޫއެސް ޑޮލަރެވެ.

މި މަޝްރޫޢަށް ޚަރަދު ކުރަން ހަމަޖެހފައިވަނީ އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޯއެފްއައިޑީ) އާއި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އެސްއެފްޑީ)ގެ ލޯނުއެހީގެ ދަށުން 9.9 މިލިއަން ޔޫއެސް ޑޮލަރާއި ދަޢުލަތުގެ ބަޖެޓުން 2.6 މިލިއަން ޔޫއެސް ޑޮލަރެވެ.

މި ހޮސްޕިޓަލަކީ 100 އެނދުނުގެ ޖާގައިގެ ހޮސްޕިޓަލެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ