ޤާނޫނީ ވަކީލުންތަކެއް - ފޮޓޯ: އަވަސް

ބާ ކައުންސިލްގެ އިންތިޚާބަށް އިލެކްޝަނުން ތައްޔާރުވާން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ޤާނޫނީ ފަންނުގެ ބިލާއެކު ވުޖޫދުކުރަންޖެހޭ މިނިވަން މުއައްސަސާއެއް ކަމަށްވާ، ބާކައުންސިލްގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވާން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު ތަސްދީޤުކުރެވި، ގެޒެޓް ކުރުމާއި ގުޅިގެން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓުކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމަށާއި، ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ ޤާބިލުކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި ޤާނޫނީ ތަޢުލީމު ދިނުމުގެ ފެންވަރު މަތިކުރުންފަދަ އެންމެހާ ކަންކަން ބަޔާންކުރުމުގެ ބިލެކެވެ.

މިކަންކަން ބެލެހެއްޓުމަށްޓަކައި، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަމުގައި ދައުލަތުގެ މިނިވަން އަދި މުސްތަޤިއްލު މުއައްސަސާއެއް އުފައްދައި، އެ މުއައްސަސާގެ މަސައްކަތްތައް ހިންގާނެ ގޮތް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގެ ދަށުން އުފައްދާ ބާ ކައުންސިލަށް، ދައުލަތުގެ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނާއި ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލުންނަށް ފިޔަވަޅު އެޅޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ