މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން - ފޮޓޯ: މަޖިލިސް

ޔުނިވަރސިޓީގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނާއި ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގައި ދިރާސާކުރަމުން ގެންދާ މިދެބިލަށް ހިޔާލު ހުށަހެޅުމަށް ބޭނުންވާ އާންމު ފަރާތްތަކުން ކޮމެޓީގެ މެއިލް އެޑްރެސް mv.gov.majlis@committee ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހިޔާލު ހުށަހެޅުމަށް އެކޮމެޓީއިން އެދިލައްވައެވެ.

މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 02:00 އާ ހަމައަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލައިފައެވެ.

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނާއި ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެބިލައް ބަހުސްކުރެއްވި ބައެއް މެންބަރުން އިސްލާމިކް ޔުނިވަރސިޓީ ގައުމީ ޔުނިވަރސިޓީގެ ދަށަށް ގެނެސް އެއްޔުނިވަރސިޓީ އަކަށް ހެދުމަށް ވާހަކަ ދެއްކުމުން މިމައްސަލަވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައެވެ.

މިގޮތުން މިމައްސަލައިގައި ސިޔާސީ ގިނަ ބޭފުޅުން ވިދާޅުވަމުންގެންދެވީ ދެޔުނިވަރސިޓީ އެއްޔުނިވަރސިޓީ އަކަށް ހެދުމަކީ އެންމެ ކަމުދާގޮތް ނޫންކަމަށް ވިދާޅުވެފައެވެ.

މިމައްސަލައިގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގެ ހިންގުން މެދުކަނޑާ ނުލާ ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ