ސިދާތާ ހިއުމަން ރައިޓްސް ކޮމިޓީ އަށް ހާޒިރުކުރަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި، ކުޑަކުދިންގެ ހިޔާގައި ހުއްޓާ އުމުރުން 14 އަހަރުގެ ޝައިމް ޢަބްދުﷲ ގެއްލުނު މައްސަލައިގައި، ސުވާލުކުރުމަށް ޖެންޑަރ މިނިސްޓަރ ސިދާތާ ޝަރީފް މިރޭ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

މިނިސްޓަރ ސިދާތާ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެއްޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވަނީ މިރޭ 09:00 އަށެވެ.

މިމަހުގެ 18 ވަނަ ދުވަހު ޝައިމް ގެއްލިފައިވަނީ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާ އަދި އަމާން ހިޔާގެ ކޮމްޕައުންޑު ތެރެއިންނެވެ. ޝައިމް ފިލާފައިވަނީ އެތަނުގައި ހަދަމުންދިޔަ ކޮޓަރިއެއްގެ ކުޑަދޮރުން ކައިރީގައި ހުރި އިމާރާތަކަށް ފުންމާލައިގެން ކަމަށް ބެލެވޭކަމަށް މިނިސްޓަރ ވަނީ ކުރިން ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިމްގެ ވާހަކަތައް ތަފްސީލްކޮށް ކިޔާދީފާވާތީ ގިނަފަރާތްތަކެއްގެ ފާދުކިޔުން ވަނީ އެކަމަނާއަށް އަމަޒުވެފައެވެ. އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުއްﷲ ވެސް ވަނީ އެކަމަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ