ހަސަން ލަތީފް - ފޮޓޯ: މަޖިލިސް

ޝައިމް ހޯދަން ފުލުހުން ކުރާ މަސައްކަތެއް އޮތްނަމަ ހާމަކުރައްވާ - ހަސަން ލަތީފް

2019 ޖޫން 18 ވަނަ ދުވަހުގެ ވަގުތެއްގައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު ޝައިމް ޢަބްދުﷲ ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތެއް އޮތްނަމަ ހާމަކުރެއްވުމަށް އެމްޑީޕީގެ ޗެއަރޕަރސަން، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

ހަސަން ލަތީފް މިއަދު ހެނދުނު ކުރެއްވި ޓްވީތެއްގައި ވިދާޅުވީ، އެކަމުގައި ޝައިމް ހޯދަން ފުލުހުން ކުރަމުންދާ މަސައްކަތެއް އޮތްނަމަ އެކަމުގެ މަޢުލޫމާތު ފުލުހުން އާއްމު ރައްޔިތުންނަށް ދެއްވަން ޖެހޭކަމަށެވެ.

"ކުޑަކުދިންގެ ހިޔާއިން ގެއްލުނު ޝައިމް ޢަބްދުﷲ ހޯދުމަށް ފުލުހުން ކުރާ މަސައްކަތެއް އޮތިއްޔާ އެކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ދެއްވަންޖެހޭ." ހަސަަން ލަތީފް ވިދާޅުވިއެވެ.

ޝައިމް ގެއްލިގެން ޖެންޑަރ މިނިސްޓްރީ އިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ފުލުހުން ޝައިމް ހޯދާކަން މިމަހުގެ 20 ވަނަ ދުވަހު އާއްމުކޮށް އިއުލާން ކުރިއެވެ. ނަމަވެސް އޭގެ ފަހުން 10 ދުވަސް ވެފައިވާއިރު، އެކަމުގައި ފުލުހުން ކުރާ މަސައްކަތުގެ އެއްވެސް މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

އުމުރުން 14 އަހަރުގެ ޝައިމް ގެއްލުނު މައްސަލައިގައި ޖެންޑަރ މިނިސްޓަރ ސިދާތާ ޝަރީފް ވަނީ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށްވެސް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ