އާދަމް ޝަރީފް އުމަރު - ފޮޓޯ: މަޖިލިސް

ލުޠުފީ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

3 ނޮވެމްބަރ 1988 ގައި ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ރާއްޖެ ގަނައުމުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓާއެކުގައެވެ.

އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލާގައިވާ ގޮތުން 2010 ވަނަ އަހަރު ލުތުފީ ބޭސްފަރުވާއަށް އިންޑިޔާއަށް ފޮނުވާލުމަށް ފަހު އޭނާ ފިލުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި 154،200 ރުފިޔާ ހުށަހަޅާ އޭނާ އަނބުރާ ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ލުތުފީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އުޅެމުންދާކަން މި ސަރުކާރުން ކަށަވަރުކޮށްދީފައިވާ އިރު މިއަދާ ހަމަޔަށް ވެސް ރާއްޖެއަށް ގެނެސްފައި ނުވާ ކަމަށެވެ.

އެ މައްސަލާގައި ސަރުކާޒުން ޒިންމާއިން ރެކި އެހެން ފަރާތްތަކުގެ ބޮލުގައި އެކަން އަޅުވަމުން މަސައްކަތް ކުރަމުންދާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އެމްބަސީއިން ލަންކާގެ ކަމާ ބެހޭ ފަރާތްތަކަށް ލުތުފީ ހަވާލުކޮށްފައި ނުވާ ކަމަށާއި ސަރުކާރުން މަސައްކަތް ކުރާތީ އޭނާ އަލުން ފިލާފާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ