ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް - ފޮޓޯ: ސަން

މިނިސްޓަރު އަސްލަމް މާދަމާ މަޖިލިހަށް ހާޒިރު ކުރަނީ

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މާދަމާ މަޖިލިހަށް ހާޒިރުކޮށް ސުވާލު ކުރަން ނިންމައިފިއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހުށަހަޅާފައިވަނީ، މަރަދޫގެ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ ގުޅޭގޮތުން މިނިސްޓަރު އަސްލަމާ ސުވާލު ކުރުމަށެވެ. އަދި މަރަދޫ ބިންހިއްކުމުގެ މަސައްކަތް ބިޑް ކުރެވި އަމަލީ މަސައްކަތް ފެށުން ލަސްވާ ސަބަބާ މެދުގައިވެސް ސުވާލު ކުރުމަށް ހުށަހަޅާފައިވެއެވެ.

މާދަމާގެ މަޖިލިހަށް މިނިސްޓަރު އަސްލަމް ހާޒިރުކޮށް ސުވާލު ކުރަން ނިންމާފައިވާއިރު، އިންޑިއާއަށް ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވި މައްސަލައިގައި ޑިފެންސް މިނިސްޓަރުވެސް ވަނީ މީގެ ކުރިން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް މަޖިލިހަށް ހާޒިރު ކުރަން ވަނީ 14 ދުވަހުގެ ނޯޓިސް ފޮނުވާފަ އެވެ. އައިޝާ ހާޒިރު ކުރަނީ ގަވާއިދާ ހިލާފަށް ޕާކު ކުރާތީ ސްޓިކާ ޖަހާ މައްސަލައިގެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ