އެމްއެމްޕީއާރުސީ އިން ޔޫރަޕްގައި ރޯޑް ޝޯވްއެއް ބާއްވަނީ

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންސް، އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރުމަށްޓަކައިި ޔޫރަޕްގައި ރޯޑް ޝޯވްއެއ ބާއްވަން ނިންމައިފިއެވެ. 

އެމްއެމްޕީއާރުސީން މިހާރުވަނީ އެ ކޯރޕަރޭޝަނާއި ގުޅިގެން، ޔޫރަޕްގެ 4 ޤައުމެއްގައި ރޯޑްޝޯވްތައް އިންތިޒާމްކުރަން ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ. 

މި ރޯޑްޝޯވްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ ތެރޭގައި، ނޯވޭ، ޑެންމަރކް، ފިންލޭންޑް އަދި ސްވިޑަންގައެވެ.

އެމްއެމްޕީއާރުސީއިން ގެންދަނީ ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ފެއަރތަކުގައި ބައިވެރިވަމުންނެވެ. އަދި ޓްވަރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން އެކި ޤައުމުތަކުގައި ރޯޑް ޝޯވްތައް ބާއްވާ ތަފާތު އެކި ކެމްޕެއިންތައްވެސް އެމްއެމްޕީއާރުސީން ދަނީ ކުރައްވަމުންނެވެ.

މިއަހަރުގެ މަރކެޓިންގ ޕްލޭންގައިވާ ގޮތުން ރާއްޖެ އިޝްތިހާރުކުރުމަށް ހަމަޖެހިފައިވަނީ 22 މަރކެޓްއަކަށް ބަހާލައިގެންނެވެ. އެގޮތުން އެކިޤައުމުތަކާއި ސަރަޙައްދުތަކުގައި ކުރިއަށްދާ 21 ފަތުރުވެރިކަމުގެ ފެއަރއެއްގައި ބައިވެރިވުމަށް ނިންމާފައިވާއިރު، 18 ރޯޑް ޝޯވްއެއް ކުރިއަށްގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި 22 ޤައުމަކުން ނޫސްވެރިންގެ ޓީމްތައް ރާއްޖެއަށް ގެނެސް ރާއްޖޭގެ ފަތުރުވެރިކަމާގުޅޭ މައުލޫމާތު ދިނުމަށްވެސް ވަނީ ޕްލޭންގައި ހިމަނާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ