އެމްޓީސީސީ ފެރީއެއް - ފޮޓޯ: ޓްވިޓާ

އެމްޓީސީސީ ކަރުދާހާ ދުރަށް - ވިލިމާލެ ފެރީގައި ކަރުދާސް ޓިކެޓް ބޭނުންކުރުން މަދުކުރަނީ

ތިމާވެއްޓާ ރައްޓެހި ކުންފުންޏަކަށް ބަދަލުވުމުގެ އެޖެންޑާގެ ދަށުން، އެމްޓީސީސީ އިން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން، އެކުންފުނިން އޮޕަރޭޓް ކުރަމުންދާ މާލެ-ވިލިމާލެ ފެރީ ޚިދުމަތުގައި ކަރުދާސް ޓިކެޓް ބޭނުންކުރާ މިންވަރު ބޮޑުތަނުން މަދުކުރަން ނިންމައިފިއެވެ.

އެމްޓީސީސީ އިން މިއަދު ވިދާޅުވީ، ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހެނދުނު 10:00 އިން 12:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ފެރީގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ކަރުދާސް ޓިކެޓްގެ ބަދަލުގައި ދޫކުރާޏީ އިލެކްޓްރޯނިކް ސިންގަލް ޖަރނީ ޓޯކަންއެއް ކަމަށެވެ.

"ކަރުދާހާއި ދުރަށް" ޝިއާރުގެ ދަށުން އެމްޓީސީސީ އިން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން ދޫކުރާ ކާޑަކީ ޓްރެއިލް އެއްގެ ގޮތުގައި ކުރެވޭ ކަމަކަށްވާތީ، ފެރީގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެމްޓީސީސީ އިން މަޢާފަށް އެދިލައްވައެވެ.

މާލޭ ސިޓީގެ ތިންވަނަ ރަށް ކަމަށްވާ ވިލިމާލެއަކީ ހިތްފަސޭހަ ރަށަކަށްވާއިރު، ގިނަ ބަޔަކު އަބަދުވެސް މާލެއާއި ވިލިމާލެއާއި ދެމެދު ފަރީގައި ދަތުރުކުރެއެވެ. އެހެންކަމުން ކަރުދާސް ޓިކެޓް މަދުކުރުމަކީ މުހިންމު ފިޔަވަޅަކަށް ވާނެކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ