ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ މިމަހު 30 ގައި ބާއްވަނީ

ދިވެހިރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ ޢާއްމު ޖަލްސާ މިހިނގާ ޖުލައި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ޖުލައި 30 ވަނަ ދުބވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވުމަށް ހަމަޖެހިފައިވާ، ބީއެމްއެލްގެ 36 ވަނަ އަހަރީ ޢާއްމު ޖަލްސާގެ ނޯޓިސް އެ ބޭންކުން ފޮނުވާފައިވާއިރު، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ 2019 ޖުލައި 15 ގެ ނިޔަލަށް އެބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށެވެ.

ބީއެމްއެލްއިން ހިއްސާދާރުންނަށް ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވަނީ، އަހަރީ އާއްމު ޖަލްސާއަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް ހުށަހަޅަނީ ހިއްސާއަކަށް 24ރ ބަހަން ކަމަށެވެ.

"20 މާރިޗު 2019 ގައި ބޭއްވުނު މިކުންފުނީގެ ބޯޑު ޖަލްސާގައި، ބޭންކުގެ 2018 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން ހުށަހަޅާ ފައިދާގެ ގޮތުގައި ފާސްކޮށްފައިވަނީ 080,166,129 ރުފިޔާއެވެ. މިއީ ހިއްސާއަކަށް 00.24ރ. )ސައުވީސް ރުފިޔާ( ގެ މަގުން" ބީއެމްއެލްއިން ބުނެފައިވެއެވެ.

މިއީ މިދިޔަ އަހަރު ހިއްސާއަކަށް ބެހި އަދަދަށްވުރެ 9 އިންސައްތަ އިތުރު އަދަދެއްކަމަށް ބީއެމްއެލްއިން ބުނެއެވެ. މިދިޔަ އަހަރު އެ ބޭންކުގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ ހިއްސާ އަކަށް 22 ރުފިޔާ އެވެ.

ޑިރެކްޓަރުންގެ ބޯޑުގެ މި ނިންމެވުން ފާސްކުރުން އޮންނާނީ އަހަރީ އާއްމު ޖަލްސާގައެވެ. މީގެ އިތުރުން ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރުމާއި، 2019 ވަނަ އަހަރަށް އައްޔަންކުރާ އޮޑިޓަރުން ހޮވާ އުޖޫރަ ކަނޑައެޅުމާއި، ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުމުގެ އިތުރުން ހިއްސާދާރުންގެ ހިޔާލު ފާޅުކުރުންވެސް މި ޖަލްސާގައި އޮންނާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ