25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ

ލުޠުފީ ހުކުމުގައި ބާކީ ހަތަރު އަހަރު، ޖޫރިމަނާގެ ގޮތުގައި ކުޑަ އަދަދެއް!

1988، ނޮވެންބަރު 3 ވަނަ ދުވަހު 19 ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއަށް ކޮށްފައިވާ ހުކުމުގައި ބާކީ އޮތީ ހަތަރު އަހަރު ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން ޢަބްދުﷲ މިހެން ވިދާޅުވެފައިވަނީ ލުޠުފީ ރާއްޖެ ނުގެނެވި ލަސްވަމުންދާ މައްސަލައިގައި ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

"25 އަހަރަށް ޖަލަށް ލާފައިވަނިކޮށް، ބޭސްފަރުވާއަށް ގޮސް ލުޠިފީ ފިލާފައިވަނީ 16 ޖަނަވަރީ 2010 ގައި. އެހެންވީމަ 21 އަހަރު ހޭދަވެފައި މިވަނީ ހުކުމަށް. ބާކީ ހަތަރު އަހަރާ ދުވަސްކޮޅެއް ހުކުމުގެ ބާކީ އޮންނާނީ." އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރަށް ކުރިމަތިމަތިކުރި އިތުރު ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ލުޠުފީ ރާއްޖެ ގެނައުމަށްޓަކައި ބޮޑު ޖޫރިމަނާއެއް އަރާކަމަށް ދެކެވޭ ވާހަކައަކީ ހަޤީޤަތެއް ނޫން ކަމަށާއި، ވިސާގެ މުއްދަތު ހަމަވެ އޯބވަރ ސްޓޭވެފައިވާތީ، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހެނީ 2852 ޔޫއެސް ޑޮލަރު ކަމަށެވެ.

މިއަދު މަޖިލީހުގައި އިމްރާން ވިދާޅުވީ، ސްރީލަންކާގެ ޑިފެންސް މިނިސްޓްރީގެ ޚާއްޞަ ހުއްދަ ލިބުމާއެކު ލުޠުފީ ރާއްޖެ ގެންނަވާނެ ކަމަށާއި، 2014 ވަނަ އަހަރު ލުޠުފީ އުޅޭތަން އެނގި ރާއްޖެ ގެނެވިފައި ނުވަނީ އޭރުގެ ހޯމް މިނިސްޓަރުގެ ހުއްދަ ނުލިބިގެން ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ލުޠުފީ ރާއްްޖެ ގެނައުމަށް އަތުކުރި އޮޅާލައިގެން އޮތްކަމަށް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ