"ދައުވަތު" ޝްވެކް ސިނަމާއަށް އަންނަނީ

ޔޫސުފް (ޔޫއްޕެ) ޝަފީއު ޑައިރެޓްކޮށް މި އަހަރު ގެނެސްދިން ބިރުވެރި ފިލްމް "ދައުވަތު"ގެ ކާމިޔާބީއާއެކު، ފިލްމް ޝެވެކް ސިނަމާގައި އަޅުވަން ނިއްމާފިއެވެ.

ޖޫން މަހުގެ 12 ވަނަ ދުވަހު ޕްރިމިއާ ކުރި ވީމީޑިއާގެ ފުރަތަމަ ފިލްމް “ދައުވަތު” ގެ ކާމިޔާބު ޝޯތައް އޮލިމްޕަސް ސިނަމާގައި ދައްކާނިއްމާފައިވާއިރު، “ދައުވަތު”ގެ ވަދާޢީ ޝޯ އަޅުވާފައިވަނީ ޖޫން މަހުގެ 29 ގައެވެ.

މި ފިލްމްގެ ގިނަ ހައުސްފުލް ޝޯތަކެއްވެސް ސިނަމާގައި ދައްކާފައިވާއިރު، "ދައުވަތު" ޝްވެކް ސިނަމާއަށް އަންނާނީ ޖުލައި 12 ފެށިގެންނެވެ. އަދި ފިލްމްގެ ޝޯތައް ދައްކާނީ ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގާދިޔަ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމަކީ، ސިހުރުގެ ސަބަބުން ދެމަފިރިއެއްގެ ދިރިއުޅުމަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމް ބެލުމަށްފަހު ގިނަ އަދަދެއްގެ ބަޔަކު ފިލްމްގެ ވާހަކައާއިމެދު ހިއްހަމަޖެހި މީސްމީޑިއާގައި ފިލްމަށް ވަނީ ތައުރީފުކޮށްފައެވެ.

“ދައުވަތު” ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ, މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮންއައްޔަ)ގެ އިތުރުން އަހުމަދު އީސަ (އާނަންދު) އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ