ވޭތުވެދިޔަ ސަރުކާރުގެ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު ހިންގެވީ "ކަންމަތީ ފިހާރައެއް"ގެ ގޮތުގައި ކަމަށް ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢާބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ބާރުތައް ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ޙިލާފަށް ނިގުޅައިގެންފައިވާ މައްސަލައާއި ގުޅިގެން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދު ހުށައެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ އޭރުގެ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އޭރު ސުޕްރީމް ކޯޓުން ކުރެއްވި ކަންތައްތަކަކީ ކުރީގެ ރައީސް ޔާމިން އާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގުޅިވަޑައިގެން ހިންގެވި "ކުޑަ ކުޑަ ވިޔަފާރިތަކެއްގެ" ގޮތުގައި އޭނާ ސިފަކުރެއްވީ އެބަހުސްގައި ވާޙަކަފުޅު ދައްކަވަމުންންވެ.
ޢަބްދުﷲ ޖާބިރު ވިދާޅުވީ، އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދުގެ ބައިވެރިވަޑައިގަތުމާއެކު "ކަންމަތީ ސްޓޯރެއް" ގޮތަށް ސުޕްރީމް ކޯޓު ހިންގެވީ އަބްދުﷲ ސައީދު ކަމަށެވެ.
"އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް ހުރި އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އަމަލުކޮށްފައިވަނީ، ކޯޓަކީ އޭނާ ގެންގުޅޭ ފިހާރައެއް، ކަންމަތީ ސްޓޯރަކަށް އޭނަ ހެދީ. އެކަން ކުރީ އަބްދުﷲ ސައީދު (އަދި) އަލީ ހަމީދު." ޢަބްދުﷲ ޖާބިރު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅޫ ދެއްކެވި ނަމަވެސް، ޖާބިރު ވިދާޅުވީ، މައްސަލައަކީ ސުޕްރީމް ކޯޓު ނޫން ކަމަށާއި، އޭރު އެތަން ހިންގަވަން އިސްކޮށް ތިއްބެވި ފަނޑިޔާރުން ކަމަށެވެ.
"އެބޭފުޅުން އެކުރި ކަންތައްތަކަކީ ދެންތިބި ފަނޑިޔާރުންގެ ބޮލުގައި އެޅެންޖެހޭ ކަމެއް ނޫން. ގިނަ ފަހަރު ފަނޑިޔާރުގެއޭ ސުމޯޓޯއޭ ކިޔާފައި ފަތިސް ދަޅައިގައި ވެސް ހުކުމް ކުރަމުން ގެންދެވީ." ޢަބްދުﷲ ޖާބިރު ވިދާޅުވިއެވެ.



