ހޮޅުދޫއަށް މިއަދު ވެހުނު ބޯވާރޭގެ ސަބަބުން އެރަށުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ފެންވަނުމުގެ ސަބަބުން އެރަށުގެ ދެ ގެއަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވެއެވެ.
އަދި ބައެއް ގޭގޭގެ ހިފަގެންގުޅޭ ބައެއް އެއްޗެއްސަށާއި، ކަރަންޓު ސާމާނުތަކާއި ފަރުނީޗަރަށް ގެއްލުން ވެފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އެރަށު ކައުންސިލާއި ފުލުހުން އަދި އާންމުންގެ ގިނަބައެއް އެހީތެރިކަމާއެކު ރަށުގެ ގޭގެއަށް ފެންވަނުން ކޮންޓުރޯލް ކުރުމަށް ހަރަކާތްތެރި ވެފައިވެއެވެ.
އަދި ފެންގަނޑު މިހާރު ވަރަށް ބޮޑަށް ހިނދިފައިވާއިރު، ފެނުގެ އަސަރުކުރި ގެތައް ސާފުކުރުމުގެ މަސައްކަތުގައި މޭނާ ސްކޫލް ޕީ.ޓީ.އޭ އާއި އާންމު ރައްޔިތުން ޙަރަކާތްތެރިވަމުންދާކަމަށްވެސްވަނީ މަޢުލޫމާތުލިބިފައެވެ.