މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާޜޭވެރި ހދ. ފިނޭގައި ފެން ބޮޑު ވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ ހދ. ފިނޭއަށް ބޯކޮށް ވާރޭ ވެހި، އެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިއްކުމަށް ރޭ އެމްއެންޑީއެފް ނޮދަން އޭރިޔާ ގެ ސިފައިން ހަރަކާތްތެރި ވެފައިވާކަމަށެވެ. އެގޮތުން އެމްއެންޑީއެފް އިން ޙިއްސާ ކުރައްވާފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުގައި ރަށުގެ ބައެއް ސަރަހައްދުތަކާއި މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންހެދިފައެވެ.
Mihaaru raajje ah kuramundhaa vissaaraagai, H.Dh Finey ah boakoh vaarey vehi, erashuge baeh sarahadhdhu thakugai fen boduvumaai gulhigen fen hikkumah rey MNDF Northern Area ge Sifain kuri masahkathuge therein. pic.twitter.com/MBCV9O4mZA
— Maldives National Defence Force (@MNDF_Official) May 30, 2020
މި ދުވަސް ކޮޅަކީ މުޅި ރާއްޖެއަށްވެސް ވިއްސާރަ ދުވަސް ވަރެކެވެ. އެގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވަނީ މިއަދުވެސް އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ.
ފެން ބޮޑު ވުމާއި ގުޅިގެން އެރަށަށް ލިބުނު ގެންލުންތައް ސާފުކޮށްލުމަށް މި ނޫހުން ކުރިމަސައްކަތުން، ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން އެރަށު ކައުންސިލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.