ޖޫންމަހު ދަޢުލަތަށް 1.49 ބިލިއަން ރުފިޔާ ލިބިފައިވޭ

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް މި ދިޔަ ޖޫންމަހު 1.49 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދަޢުލަތަށް ލިބިއްޖެއެވެ. 

މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދަކީ ފާއިތުވި އަހަރުގެ ޖޫން މަހަށް ބަލާއިރު %15.4 އިތުރު އަދަދެކެވެ. އަދި މިއަދަކީ ޖޫންމަހު ދަޢުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ އަދަދަށްވުރެ %9 އިތުރު އަދަދެކެވެ. 

މިދިޔަ އަހަރުގެ ޖޫންމަހާ އަޅާ ބަލާއިރު މިއަހަރުގެ ޖޫންމަހު ދަޢުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޖީ.އެސް.ޓީ، ބީ.ޕީ.ޓީ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. 

ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި މަހު ދައުލަތަށް އެންމެ ބޮޑު އާއްދަނީއެއް ލިބިފައިވަނީ މުދަލާއި ޙިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީންނެވެ. އެއީ 462 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީ.ޕީ.ޓީގެ ގޮތުގައެވެ. އެއީ 275 މިލިއަން ރުފިޔާއެެވެ. 

ޖޫންމަހު މީރާއިން ބަލައިގަނެފައިވާ ޢާމްދަނީގެ ތެރޭގައި 55.09 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ