އައްޑޫ ސިޓީ ކައުންސިލް ހުންނަ އިމާރާތް | ފޮޓޯ: މިހާރު

އައްޑޫ ހިތަދޫ މެދު ދާއިރާއަށް ވޯޓަކާއި ނުލައި އާމިނަތު ސަނާ އިންތިޚާބު ވެއްޖެ

ހުސްވެފައިވާ އައްޑޫ ހިތަދޫ މެދުދާއިރާގެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވޯޓް ލުމަކާނުލާ އާމިނަތު ސަނާ ޑިލައިޓް ފޭސް / ސ. ހިތަދޫ، އިންތިޚާބު ވެއްޖެއެވެ.

ޤާނޫނު ނަންބަރ: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 57 ވަނަ މާއްދާގެ ދަށުން އައްޑޫސިޓީ ކައުންސިލުގައި އުފެދިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހިތަދޫ މެދު ދާއިރާގެ 1 ގޮނޑި 26 މެއި 2019 ގައި ވަނީ ހުސްވެފައެވެ.

އަދި އެ ޤާނޫނޫގެ ދަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީގައި ހިމެނޭ 7 މެންބަރުންގެ ތެރެއިން ވަކިވެފައިވާ އައްޑޫ ހިތަދޫ މެދު ދާއިރާއަށް މެންބަރަކު ހޮވުމަށްޓަކައި ބާއްވަންޖެހޭ ބައި އިލެކްޝަން ބޭއްވުމަށްޓަކައި އެ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު 26 މެއި 2019 އިން 03 ޖުލައި 2019 އަށް ވަނީ ހުޅުވާލައިފައެވެ.

އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ހުޅުވާލި މި ފުރުޞަތުގައި އެމަޤާމަށް ކުރިމަތިލައްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، ހިތަދޫ މެދު ދާއިރާއަށް މެންބަރަކު ހޮވުމަށް 13 ޖުލައި 2019 ވާ ހޮނިހިރުދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ އިންތިޚާބް ނުބާއްވާ ގޮތަށް ވަނީ އެއިދާރާއިން ވަނީ ހަމަޖައްސާފައެވެ.

ޤަވާޢިދު ނަންބަރު: 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް އާމިނަތު ސަނާ ޑިލައިޓް ފޭސް / ސ. ހިތަދޫ، ވަނީ ވޯޓުލުމެއްނެތި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ވެފައެވެ.

މިކަމާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، 31 ޖުލައި 2019 ވާ ބުދަދުވަހުގެ 13.00 ގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް އެކަން ލިޔުމަކުން އަންގަވައި ދެއްވުމަށް އެ ކައުންސިލުންވަނީ އެދިލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ