ރާއްޖޭގެ ދެކުނުގެ ބައެއްރައްތަކަށް މިއަދު އުދައަރައިފިއެވެ.
އުދައަރާފައިވާ ރައްތަކުގެ ތެރޭގައި ގދ. ހޯޑެއްދޫއާއި، ސ. މަރަދޫ ފޭދޫއާއި، ލ. މާވަށާއި، ތ. ތިމަރަފުއްޓާއި، ތ. ކިނބިދޫގެ އިތުރުން ގދ ރަތަފަންދޫ ހިމެނެއެވެ. އަދި ގދ. މަޑަވެލިހޯޑެއްދޫ ކޯޒްވޭއަށްވެސް ވަނީ ވަރަށް ވޮޑަށް އުދައަރާފައެވެ. މިރައްތަކަށް މިއަދު ހެނދުނުން ފެށިގެން އަންނަނީ އުދައަރަމުންނެވެ.
މީގެތެރޭގައި ތ. ތިމަރަފުއްޓަށް އުދައަރައި ދަނޑުތަކުގައި ހައްދާފައިވާ ގަސްތަކަށް ލޮނުގެ އަސަރުކޮށް ގަސްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އެރަށުގެ އެކި ސަރަހައްދުތަކުގައި އުދައެރުމުގެ ސަބަބުންވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

އަދި މިރެއާއި މާދަމާވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމުގައި މެޓްއޮފީހުން ވަނީ ހާމަކޮށްފައެވެ.
މެޓުއޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއަދާއި މިރޭ އަދި މާދަމާވެސް މުޅިރާއްޖެއަށް ވިއްސާރަކޮށް އަދި މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމުގައި ވަނީ ވިދާޅުވެފައެވެ.




