މާލޭ މަގުމަތިން އަންހެނެއްގެ އަތްދަބަސް ފޭރިގެންފި

މާލޭ މަގުމަތިން އަންހެނެއްގެ އަތްދަބަސް މިރޭ ފޭރިގެންފި އެވެ.

މީސްމީޑިއާގައި ދައުރުވާ ވީޑިއޯ އަކުން ފެންނަނީ މާފަންނު ވީބީ މާޓާއި ސޮނީ ހާޑްވެއަރ އާއި ދެމެދު އޮންނަ ހިމަ ގޯޅި ގަނޑު ތެރޭ ގެއެއްގެ ދޮރު މަތީގައި މަޑުކޮށްގެން ހުރި ބިދޭސީ އަންހެނެއްގެ އަތްދަބަސް ސައިކަލެއްގައި އަންނަ ދެމީހުން ވެގެން ފޭރިގަންނަ މަންޒަރެވެ.

މިމައްސަލައިގައި ފުލުހުން ވިދާޅުވެފައިވަނީ، މިރޭ 19:24 ހާއިރު ވީބީ މާޓާއި ސޮނީ ހާޑްވެއާ އާއި ދެމެދުގައި އޮންނަ ނޫރީ ގޯޅީގައި ހުރި ބިދޭސީއެއްގެ އަތްދަބަސް ފޭރިގެން ފުލުހުންނަަށް ހުށަހަޅައިފައި ވާކަމަށެވެ. އަދި މިމައްސަލަ މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.

މާރާމާރީ އާއި ފޭރުމުގެ މައްސަލަތައް މިފަހަކުން އައިސް ވަނީ އިތުރުވެގެން ގޮސްފައެވެ. މިގޮތުން މިހަފްތާގެ މިހާތަނަށްވަނީ މާލޭގައި ފޭރުމުގެ ދެހާދިސާއެއް ހިނގައިފައެވެ.

މިރޭ ހިނގި މި ފޭރުމުގެ ހާދިސާ އާއި ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ