މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން - ފޮޓޯ: މަޖިލިސް

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ކުރިމަތިލި ހަތަރު ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް

އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްއަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސް ޞާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ "ރާއްޖެ ޓީވީ" ގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ އިތުރުން މ.ހަޒާރީވިލާ އަހުމަދު ފަޔާޒް ހަސަން، ހ.ގުރަވަ އަހުމަދު އާހިލް ރަޝީދު އަދި މ.ވެންކޫވާ ފާތިމަތު ސައުޝަންގެ ނަންފުޅެވެ.

ރައީސް ޞޯލިޙް މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީ އަށް ދިރާސާކުރުމަށް ފޮނުވާފައިވާއިރު، މި ބޭފުޅުންނާއެކު ޖުމްލަ ނުވަ ފަރާތަކުން އެ މަގާމަށް ކުރިމަތިލެއްވިއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އުފައްދައިފައިވަނީ 2014 އޮގަސްޓް 13 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ