ކޮރަޕްޝަން އެންޑް އެސެޓް ރިވަކަރީ ކޮމިޝަނަށް ކޯޓު އަމުރެއް ނެތި މަޢުލޫމާތު ދޭން ނުޖެހޭނެކަމަށް ކަނޑައަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެދުނު ގޮތައް ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބަލަން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ތަހްގީގު ކުރަމުންދާ މައްސަލަތަކުގައި ބީއެމްއެލްއިން ހޯދަން އެދުނު މަޢުލޫމާތުދޭން ދެކޮޅުހަދައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް އެންޓިކޮރަޕްޝަންސް ކޮމިޝަނުންވެސް ތަދައްޚުލް ވެފައިވެއެވެ.
ނަމަވެސް ސިވިލް ކޯޓުން މިއަދު ނިންމީ، ބީއެމްއެލްއިން އެދުނުފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތައް ތަހްގީގުކުރަން އެކުލަވާލި ކޮމިޝަނުން ގެންދަނީ ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކަމަށް ތުހްމަތު ކުރެވޭ ބޮޑެތި ކޮރަޕްޝަނުގެ މައްސަލަތައް ތަހްގީގުކުރަމުންނެވެ.



