މޯލްޑިވިއަނުން ހަނިމާދޫ އާއި ކޮޗިންއާ ދެމެދުގެ ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަން އިން ވިދާޅުވީ، ދަތުރުތައް ފަށަން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، މަހެއްހާ ދުވަހުގެ ތެރޭގައި ދަތުރުތައް ފަށައި ޝެޑިއުލް އިއުލާން ކުރެވޭނެ ކަމަށެވެ.
ހަނިމާދޫއިން ކޮޗިން އަށް ދަތުރުތައް ފަށަން ނިންމީ ބޭސްފަރުވާއަށް އިންޑިއާއަށް ދާ މީހުންނަށާއި އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ފަސޭހަ ފުރުސަތުތައް ހޯދައިދޭން ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަން އިން ވިދާޅުވިއެވެ.
މޯލްޑިވިއަން އިން ވިދާޅުވީ، ހަނިމާދޫއިން ކޮޗިންގެ އިތުރުން އިންޑިއާގެ އެހެން ސިޓީތަކަށާއި، ސްރީލަންކާގެ ކޮލަމްބޯ އަށްވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ކަމަށާއި އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މޯލްޑިވިއަން އިން މިހާރުވެސް ހަނިމާދޫން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރާކަން ފާހަގަކޮށްލެވެއެވެ.




