ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބ. ކިހާދޫއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސް ޞޯލިހް ދޮންފަނަށް ވަޑައިގެންނެވީ މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނެވެ.
ރައީސުލްޖުމްހޫރިއްޔާ ކިހާދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކިހާދޫ ކައުންސިލާ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަކުރައްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސް ޞޯލިޙް ވަނީ އިއްޔެގެ ވަގުތެއްގައި ބ.ފުޅަދުއަށާއި، ފެހެންދޫގެ އިތުރުން އޭދަފުއްޓަށް ވަޑައިގެންފައެވެ. އަދި މިއަދު ހެނދުނު ރައީސް ޞޯލިޙް ވަނީ އެއަތޮޅު ދޮންފަނަށްވެސް ވަޑައިގެންފައެވެ.